ނައިބުރައީސް މިފަދައިން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރޭ ފުވައްމުލަކު ޙާފިޒު އަޙްމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިސަރުކާރުން އޭރު ވައުދުވީ ރާއްޖޭގައި މަސްހުނިވެފަ އޮތް ކަންތައްތައް، އަތް ބާނައިގެން އުޅޭ ކަންތައްތައް ހުއްޓުވާ، އެބައެއްގެ ކަންތައްތައްކުރަން އެބަޔަކަށް އެކަން ދޫކޮށްލަން. މިއަދު އަޅުގަނޑު މިދެންނެވީ ކޮން ވާހަކައެއްކަން ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ
ފުރާޅުން ޓިނު ނެގުމަކީ އެންމެ ނާތަހުޒީބު ގައުމުތަކުގައިވެސް ކުރާނެ ކަމެއް ނޫންކަމުގައި ނައިބުރައީސް ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ވަނީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އެ ކޯޓުގެ ދޮރު ވައްޓާލުމަށްފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ.