MPL
އެމްޕީއެލްގެ މުވައްޒަފުންތަކެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މިދިޔަ ނޮވެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 322 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް ލިބުނު  އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ 17 އިންސައްތަ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް 276 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 94 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރު މިއަދަދު ވަނީ  4 ބިލިއަނަށް އިތުރުވެފައެވެ.

މިދިޔަމަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 29 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭން އެކްސްޕޯޓް ކޮށްފައިވަނީ 230 މިލިއަން ރުފިޔާގެ މުދާލެވެ. މިއަހަރު މި އަދަދުވަނީ 297 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ  ޗައިނާ، އޮމާން، ޔޫއޭއީ އައި އިންޑިއާއެވެ. ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާން އިން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އަދި މޮރީޝަސްގެ އިތުރުން ފްރާންސްއެވެ.

ރާއްޖެއިން މިދިޔަމަހު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 75 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކުރި، ކަނޑައި  ސާފުކޮށްފައި ހުރި ކަޅުބިލަމަހުން 45 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *