ރ. މަޑުއްވަރީ ދެކެނު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 90 އިންސައްތަ ނިމިފައިވާކަމަށް އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވާ  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 80،400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި،  65,520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ.
މީގެއިތުރުން 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 582 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2840 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭއެވެ.
މި މަޝްރޫޢަކީ 72.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *