ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ހުރަސް އަޅައި ބިރު ދެއްކި ދުވަސްތައް މާޒީވެ ގޮސްފި ކަމަށާއި މިހާރު މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް، ބިރުދެއްކުމެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ބަސް އިއްވެވުމަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެއްވޭނެ ކަމަވެ. އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން ރައްޔިތުންގެ މަންދޫބުންނަށް މަޖިލީހުގެ އިދާރާއަށް ވަދެ ނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއް ހިނގައްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން މަޖިލީހަށް ވަދެވިއްޖެއްޔާ ދެން ފެންނަނީ މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް ބިރު ދެއްކުމެއް ނެތި"

ރައީސް ވަނީ މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެ ކަމަށް ވިދާޅުވެ އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަން ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *