2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ގޮތުގެ ރިޕޯޓެއް ކަމަށް ބުނެ ދައުރުކުރަމުންދަނީ ފޭކު ލިޔުމެއް ކަމަށާ އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިޔާގައި އިއްޔެއިން ފެށިގެން ދައުރުކުރަމުންދަނީ އިންތިހާބުގެ ތަހުގީގުގައި ފުލުހުން ނަގާފައިވާ ކަމަށް ބުނާ 10 މީހެއްގެ ބަޔާނެވެ.

މި ލިޔުންތަކާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އެލިޔެކިޔުންތަކަކީ ފުލުހުންގެ ލިޔެކިޔުންތަކެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްޙަނޫން ލިޔުންތަކެއްކަމަށެވެ.

އޭގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް އެބަހުރިކަމަށާ، ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" މިނަމަކީ 2020ވަނަ އަހަރު ތަސްދީޤުކުރި ގާނޫނު ނަންބަރު 2020/34 ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް ޢަމަލުކުރަން ފެށުމާގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއްކަމަށެވެ. އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ވަނީ މިއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ގޮތުން ހަދާފައިވާ ލިޔުމެއް ކަމަށް ބުނެފަ އެވެ. އަދި އެ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *