ޅ. ހިންނަވަރު

މިއަދު އިތުރު 9 ރަށަކަށް އަރާ ފޭބުން މަނާ ކުރުމާއެކު، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު 32 އަށް އަރައިފިއެވެ.

މިއަދު މޮނިޓަރިންއަށް ލާފައިވާ ރަށްތަކަކީ، ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ނ. މިލަދޫ، ޅ. ހިންނަވަރު، ތ. ވިލުފުށި، ތ. ހިތިލަންދޫގެ އިތުރުން ގދ. ރަތަފަންދުއެވެ. މީގެ އިތުރުން ވެސް މިމަސް ފެށުނުފަހުން 3 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.

މިމަސް ފެށުނު ފަހުން މޮނިޓަރިންގެ ހާލަތަށް ލީ އިތުރު ރަށްތަކުގެ ތެރޭގައި ހިމެނެނީ، ދ. ކުޑަހުވަދޫ، އދ. މާމިގިލި އަދި ނ. މާފަރެވެ.

މޮނިޓަރިންއަށް ލާފައިވާ އިތުރު ރަށްތައް:

  • ސ. ހިތަދޫ
  • ސ. މަރަދޫ
  • ސ. މަރަދޫފޭދޫ
  • ސ. ފޭދޫ
  • ސ. ހުޅުމީދޫ
  • މ. މުލައް
  • ނ. މިލަދޫ
  • ނ. ވެލިދޫ
  • އދ. މަހިބަދޫ

ރަށެއް މޮނިޓަރިންގެ ހާލަތަށް ލުމަކީ އެރަށަށް އަރާ ފޭބުން މަނާ ކުރުމެވެ. އެހެންކަމުން، މޮނިޓަރިން ލިސްޓު ކޮށްފައިވާ ރަށްތަކަށް ދެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކުގައެވެ. ކަރަންޓީނު ނުވެ ދަތުރު ކުރެވޭގޮތަށް ލުއި ދިން ނަމަވެސް، މި ރަށްތަކަށް ދަތުރެއް ނުކުރެވޭނެއެވެ.

މޮނިޓަރިންގެ ހާލަތަށް ލާ ރަށްރަކުގެ އަދަދު އިތުރުވެފައިވާއިރު، ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. މި ވޭރިއަންޓް ދުނިޔޭގެ ގިނަ ގައުމުތަކުން ފެންނަމުން ދާއިރު، މިއީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ 'އޯމިކްރޯން' ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *