ބ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ކޮވިޑް ބަލީގެ މީހަކު ނިޔާވެއްޖެއެވެ.
މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 258 ވަނަ މީހާއެވެ. އަދި މިއީ މިބަލީގައި ބ.އަތޮޅުން ނިޔާވި 4 ވަނަ މީހާއެވެ.
މިބަލީގައި އިއްޔެވެސް އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެއީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.