ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްްޖެއިން ރިޕޯޓުކުރި ކޮވިޑް-19 ކޭސްތަކުގެ އަދަދު 200ން މައްޗަށް ގޮސްފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރު އޮއްސި 6ން ފެށިގެން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6އާ ހަމައަށް 4،246 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 218 ސާމްޕަލް ޕޮޒިޓިވްވި އިރު ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި ކޭސްތަކެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 20 ކޭސް
- އަތޮޅުތެރެއިން - 188 ކޭސް
- ރިސޯޓުތަކުން - 10 ކޭސް
✳️ COVID-19 : Case Updates pic.twitter.com/syMkC8nttF
— Health Protection Agency (@HPA_MV) December 11, 2021
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1،933 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 15 މީހަކަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 93،064 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 90،861 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 257 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.