އަދުހަމް

މިދިޔަ މޭއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް އަހުމަދުގެ މައްޗަށް ކުރާ  ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމައަށް ތާވަލްކޮށްފިއެވެ.

އަދުމަހްގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މެންދުރުފަހު 13:00 އަށެވެ.

އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ވަނީ ނިންމާފައެވެ.  ޕީޖީ އޮފީހުން ބުނީ އޭނާގެ ޝަރީއަތް ސިއްރުކުރަން ކޯޓުން ނިންމީ އޭނާގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަމުގައި ބަލާނީ ގާނޫނު އަސާސީ އަށް ކަމަށާއި، އެގޮތަށް ނިންމީ ޝަރީއަތުގެ ތެރެއިން ގައުމީ ސަލާމަތައް ނުރައްކާހުރި މައުލޫމާތުތައް ބޭރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އަދުހަމްގެ ޝަރީއަތް ސިއްރުކުރަން ނިންމި ނަމަވެސް އޭނާއަށް ހުކުމް އިއްވާ މަޖިލިސް ސިއްރުކުރުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން ބުނެއެވެ. ޕީޖީ އޮފީހުން ބުނީ މައްސަލާގައި ދެން ހައްޔަރުކޮށްފައިތިބި މީހުންވެސް ޝަރީއަތް ސިއްރުކޮށްދޭން އެދިއްޖެ ނަމަ ގާނޫނުން އެ ޝަރީއަތެއް ސިއްރުކުރަން ތަންދޭ އެއްވެސް ސަބަބެއް ބެލުމަށް ފަހު އެކަމާ މެދު ކޯޓުން ގޮތެއް ނިންމާނެ ކަމަށެވެ.

އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ ވަނީ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ކޯޓުގައި ވެސް މިދިޔަ ހަފްތާ ބޭއްވި އަޑު އެހުމުގައި ކުޑަށް އިއުތިރާފްވެފައެވެ.

އަދުހަމާއެކު އެއްބަސްވެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އެއްބަސްވެ 20 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށަށް ވެސް އިއުތިރާފް ވެ 3 އަހަރުގެ ޖަލު ހުކުމަކަށެވެ. ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނަ އިރު އޭނާ އިއުތިރާފް ނުވާ ނަމަ އޭނާގެ މައްޗަށް 37 އަހަރުފގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލާގައި އަދުހަމްގެ އިތުރުން އިސްހާގު، މުޖާޒް ، ހައިޝަމް އަދި ތަހުމީންގެ މައްޗަށެވެ. މީގެ ތެރެއިން މުޖާޒް އާއި ތަހުމީން ވަނީ އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި އިސްހާގު ވެސް މި މައްސަލާގެ ޝަރީއަތް ސިއްރުކުރަން އެދިފައިވާއިރު، ހައިޝަމް އަށް ވަކީލަކު ހަމަނުޖެހޭތީ އަދި އޭނާޗެ ޝަރީއަތް ނުފަށައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *