މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް-- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އިންޑިޔާއާއެކު މަސައްކަތްކޮށްގެންކަން ދިވެހި ޒުވާނުން ގާބޫލުކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅުން ޒުވާނުންގެ ސައިކަލު ބުރެއް ބާއްވަން ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އާޒިމް ވިދާޅުވީ، ގިނަ ދިވެހި ޒުވާނުންނަށް، އެމީހުންގެ އާއިލާތަކަށް އިންޑިޔާ އައުޓްވެގެން ވާފައިދާއަށްވުރެ ގެއްލުން ބޮޑުކަން ގަބޫލުކުރެވޭކަމަށެވެ.

ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަންއޮތީ އިންޑިޔާއާއެކު މަސައްކަތް ކޮއްގެންކަން ޒުވާނުން ގަބޫލުކުރާކަމަށް ވިދާޅުވެ އާޒިމް ވަނީ، ފިތުނަކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ވަނީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން އެނަމުގައި ޖަލްސާތައް ބާއްވައި، ހިނގާލުންތައްވެސް ބާއްވާފައިވެއެވެ.  މީގެއިތުރުން އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލާ ހަދާފައިވާ ޕެޓިޝަނެއްގައިވެސް ބައެއް ފަރާތްތަކުން ވަނީ ސޮއިކުރަން ފަށާފައެވެ.

މިފަހުން އިދިކޮޅުން ބޭއްވި ޖަލްސާއެއް]ގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިންޑިއާއާއިި ރާއްޖޭގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައިވެއެވެ. ރައީސް ޔާމިން ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫންކަމަށާ މިއީ ވަކިން އޮތް މިނިވަން މުސްތަގިއްލު ގައުމެއްކަމަށެވެ.

އެހެންމަކުން ރާއްޖޭގެ އަމަން ބަލަން މިގައުމުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭކަމަށާއި އެއީ މިސަރުކާރުގެ ރޭވުމެއްކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *