އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ޝަރީފް އެކަމަށް ރައްދު ދެއްވައިފިއެވެ.

"ކޮތަރުކޮށި" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބުކުރައްވާނެ ކަން ޔަގީންވުމުން ހާއިނުންތަކެއް އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ވިދާޅުވެފައެވެ. އަދި އެ ހާއިނުންގެ ތެރެއިން އެންމެ ބޮޑު ހާއިނަކީ އޭރު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު ޝަރީފު ކަމަށް ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވައި ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް އަރައި ހުރެ މާ ކޫލް ކަމެއް ކަމަށް ހީކޮށް، ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާރީތި ކަމެއް ނޫން ކަމަށެވެ.

އޭނާ ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބުގެ ނަތީޖާއާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް ގޮވާލާފައެވެ. އެގޮތުން އިންތިހާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާ އިއުލާންކުރި ތާރީހު ބަލައި، ނަތީޖާ ގަބޫލުނުކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން ހުކުމް ކުރި ތާރީހާއި، ވޯޓށު ކަރުދާސްތައް އެ ކޮމިޝަނުން ނައްތާލި ތާރީހު ރަނގަޅަށް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *