އއ ހިމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ (އެމްޑަބްލިޔުއެސްސީ) އިން އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫޢުގެ އިފްތިތާޙްކޮށް ދެއްވާފައިވަނީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް، އެމްޑަބްލިއުއެސްސީ ގެ ބޯޑު މެމްބަރު އިބްރާހިމް އަންވަރު، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަދި ހިމަންދޫ ކައުންސިލްގެ ރައީސް ޙުޝާމް އިސްމާއިލެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަޝްރޫޢު ގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހިމަންދޫއަށް ފޮނުވައި، ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅިވަޅުުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 45 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މި މަޝްރޫޢު ގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަންދޫ ގައި 6.35 ކިލޯމީޓަރ ގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ .އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދު މަށްޓަކައި 2 އާރ .އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނު ގެ ކަނެކްޝަން ގުޅައިޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރ ކޮށްދެވިގެންދާނެއެވެ.
މި މަޝްރޫޢިގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ހިމަންދޫ ގައި 5.31 ކިލޯމީޓަރ ގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 956 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައ ޓްފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދްމަތް ފޯރ ކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވާކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
ހިމަންދޫ ގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ގުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހިމަންދޫ ގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.