ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑުގައި މަރުވީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ މަރުވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭ މެންދަމު 3:00 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
Last night (11/12/21) at 03:00 am a 83-year-old Maldivian male admitted in Addu Covid Management Facility had passed away
This is the 257th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
— Health Protection Agency (@HPA_MV) December 11, 2021
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 257 ވަނަ މީހާއެވެ.
ނިމިދިޔަ އޮކްޓޯބަރުމަހު ކޮވިޑްގައި 12 މީހަކު މަރުވެފައިވާއިރު، ނޮވެމްބަރު މަހު ކޮވިޑުގައި މަރުވީ 7 މީހެކެވެ. އަދި މި ހިނގާ ޑިސެމްބަރު މަހު ވެސް 6 މީހަކު މަރުވެފައިވެއެވެ.