މިނިސްޓަރު މާރިޔާ ދީދީ -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

މީގެ ތިން އަހަރުކުރިން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބާ ބެހޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ ގއ. ވޮޑަމުލާ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އެމަނިކުފާނު ކަންކުރެއްވީ ގައުމެއްގެ ރައީސަކު ކަން ކުރައްވާނެ ގޮތަކަށް ނޫންކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ވީމާ ޗެކު ނަންބަރު ދިމާނުވެ މަނިކުފާނު ދޫވުމީމާ މަނިކުފާނު ކުއްލި ނުރައްކާ ހިންގާ ޖަލަށްލުން ގާނޫނު ހުއްދަ ކުރާ ކަމަށްތޯ ތި ވިދާޅުވަނީ؟

މާރިޔާ ވިދާޅުވީ ފެބްރުއަރީ 1ގައި ކުއްލި ނުރައްކާ ހިންގައިގެން ކަންކުރެއްވީ، ގާނޫނުން އެކަން ވާން ނެތިގެން ކަމަށް ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބާ ބެހޭގޮތުން ދިގުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، 2018، ފެބްރުއަރީ 1، ވަނަ ދުވަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސް ކަމަށެވެ.

ރައީސް ޔާމީންް ވިދާޅުވީ "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ރައީށް ޔާމީން ވިދާޅުވިއެވެ. އެގޮތުން އާމްދަނީއާ ނުބައްދަލު ތަނަވަންސްކަމާއި، ހުޅުމާލެއާއި މެލޭޝިޔާއިން އެޕާޓްމަންޓްތައް ހޯއްދަވަފައި ހުރިކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

އެހެންވެ އަޅުގަނޑަށް ލާޒިމުވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި މައްސަލަތައް ބަލަން. މޯޓިވްއެއް ކަމަށް ގަބޫލު ކުރެވުނީ އެ މީހުންނަށް ލިބުނު އަގު ބޮޑު ހަދިޔާ. އޭރު މަނީ ލޯންޑްރިންގެ ގާނޫނުއޮތް ނަމަ މި ހުރިހާ އެންމެން ބަރާބަރަށް ހަތަރެސްކަން މީގެ ތެރެއަށް ފެތޭނެ

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް އޭގެ ފަހުން އެކުލަވާލިކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު އިންނަވާ ބެންޗަކުން އޭނާ އަމިއްލަ އަށް ތަހުގީގީ އިދާރާއަށް ގެންދަން ބޭނުން ނުވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރުގޭގައި ހިނގާ ކަންކަން އެހާ ވަރަށް ސަރުކާރުން އޭރު ބަލަމުން ނުދާ ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް މާއްދާއެއް އޮތް ކަން އެނގިވަޑައިގެންނެވީ ވެސް މިފަދަ ކަމެއް ހިނގުމުން ކަމަށެވެ. އަދި ފަނޑިޔާރުން ތަހުގީގީ އިދާރާތަކަށް ހާޒިރު ކުރެވެން އޮތީ އެ މާއްދާ އުވައިލައިގެންކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މާއްދާ އުވާލެވެން އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *