ފާއިތުވި 24 ގަޑި އިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 92 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6ން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސި 6އާ ހަމައަށް 4،366 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 92 ސާމްޕަލް ޕޮޒިޓިވްވި އިރު ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި ކޭސްތަކެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 20 ކޭސް
- އަތޮޅުތެރެއިން - 63 ކޭސް
- ރިސޯޓުތަކުން - 09 ކޭސް
✳️ COVID-19 : Case Updates pic.twitter.com/itbKPKgBtl
— Health Protection Agency (@HPA_MV) December 10, 2021
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1,801 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 16 މީހަކަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 92،846 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 90،776 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 256 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.