ކޮވިޑް-19ގައި ރާއްޖޭގައި ނިޔާވި މީހެއްގެ ޖަނާޒާ---- ފައިލް ފޮޓޯ

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު މެންދުރުފަހު 2:23 ހާއިރު ކަމަށް އެޗްޕިއޭއިން ބުނެފައިވެއެވެ.

 

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 256 ވަނަ މީހާއެވެ. ރާއްޖެއިން 1،861 މީހަކަށް ކޮވިޑް-19 އަށް ފަރުވާދެމުން އަންނަ އިރު، 92،700ށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވެއެވެ. އޭޣެ ތެރެއިން 90،000އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ މި ބަލީގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރަން ވެސް މިހާރު ވަނީ ރާއްޖެއިން ފެނިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *