41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް މާލެއަތޮޅު ގާފަރަށް މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

ރައީސް ސޯލިހްގެ 2 ދުވަހުގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށާއި، ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށާއި، ފިޝަރީސް އެކްސްޕޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގާފަރުގައި ބާއްވަވާ ރަސްމީ ޖަލްސާ ރައީސް ސޯލިހް ޝަރަފުވެރިކޮށްދެއްވާނެއެވެ.

އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، ގާފަރު ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައި ވަނީ ނައިބު ރައީސް އެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި، ގާފަރުގައި ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރެއްވުމަށާއި، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *