މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކ. ގާފަރުގައި "އޮޑިވެރިޔާ ފޯރަމް"ގެ ނަމުގައި ފޯރަމްއެއް މަސްވެރިންނަށާއި އަދި އޮޑިވެރީންނަށް އެމްޓީސީސީން ބާއްވައިފިއެވެ.
އެމްޓީސީސީން ބުނީ މިފަދަ ފޯރަމްއެއް ބޭއްވުމުގެ މައިގަނޑު އެއް މަގްސަދަކީ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ޚިދުމަތްތަކާއި އަދި ބޯޓުޔާޑުން ލިބޭ ޚިދުމަތްތަކުގެ މައުލޫމާތު, ދާއިރާގެ ވIހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، މަސްވެރިކަމުގެ ދާއިރާއިން އެ ކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.
އިއްޔެ ހަވީރު ކުރިއަށްދިޔަ މިފޯރަމްގައި، އެމްޓީސީސީގެ ބޯޓުޔާޑުގެ އިތުރުން ކަށަވަރުގެ ޚިދުމަތްތަކާއި ބެހޭގޮތުން އެ ކުންފުނީގެ އިންޖިނިއަރިންގ އަދި ޓްރޭޑިންގ ޑިވިޝަންގެ 6 މެންބަރުން ހިމެނޭހެން، ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިންގ، އިންޖިނޭރިންގ، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، ފައިބަރ އަދި ވަޑާމުގެ ޚިދުމަތްތަކުގެ މައުލޫމާތުވެސް މި ފޯރަމްގައިވަނީ ހިއްސާ ކޮށްފައެވެ.
އެމްޓީސީން އަމާޒު ހިފާފައި ވަނީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ޚިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރިންނާއި، މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.