ރައީސް ސޯލިހް

ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ގާއިމުކުރެވިފައި ވަނީ އެއްގައުމު އަނެއް ގައުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް، ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޮރ ޑިމޮކްރަސީ" ގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި، ގައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވާފައެވެ.

ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްއަގްވާމީ، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކަށް އިޚްތިރާމްކުރުމަށް ބާރުއެޅުމެވެ. އަދި ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހާ، އެވާހަކަތައް ދެއްކުމުގައި ގައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުން ވެސް މި ސަމިޓުގެ ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *