މިނިސްޓަރ ޒާހިރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ދެވަނަ ވަގުތީ މިސްކިތް ހުޅުވައިފިއެވެ.

އިއްޔެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، އިމާރާތްކުރި މަސްޖިދު އަބީ ބަކްރިއްސިއްދީޤް އަކީ 600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މިސްކަތކެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ މި މިސްކިތަކީ ހިޔާ ފްލެޓް ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އަޅާފައިވާ މިސްކިތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިސްކިތްތަށް އިމާރާތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި މިސްކިތްތަށް ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަދަ ދީނީ ކަންކަމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވަނީ ހުރިހާ ރައްޔިތުން ވެސް ގަވައިދުން ނަމާދު ގާއިމް ކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019، ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *