ހދ. ނޮޅިވަރަންފަރު މަގު ހެދުމުގެ މަޝްރޫއު އަންނަ އަހަރަށް ބަޖެޓް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފާހަގަ ކުރައްވައިފިއެވެ.

މިކަން ފާހަގަ ކުރައްވާފައި ވަނީ ނައިބު ރައީސް ފައިސަލް، ހދ. ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަމާއި މަގުހެދުމާއި ސިއްހީ ޚިދުމަތް ތަރައްގީ ކުރުމަށް ބޭނުންވާ ކަންކަމާއި ބޭސް ލިބުމުގައި ހުރި ދަތިތައް ހިމެނެއެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތް މެދު ނުކެނޑި ލިބުމުގެ މުހިންމުކަމާއި ރަށުގެ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި އަދި ރަށުގެ އިގްތިސޯދީ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާކަންކަން ހިމެނެއެވެ.

މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރިޔަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ރަށުގެ މަގުހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަންމުގައި ވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *