5 ރަށެއްގެ ސްކޫލްތައް ތަރައްގީ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ‏ސ. އަތޮޅު މަދަރުސާއާއި ސ. މަރަދޫ، މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލުގެ މަސައްކަތުގެ އިތުރުން ‏ލ. ގަން، އިހައްދޫ ސްކޫލާއި ‏ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލުގެ މަސައްކަތެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ ‏އއ. އުކުޅަހު ސްކޫލުގެ މަސައްކަތެވެ.

‏ސ. އަތޮޅު މަދަރުސާ

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ސ. އަތޮޅު މަދަރުސާގައި 6 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހަވާލުކުރީ 6 މިލިއަން (6,774,644.59) ރުފިޔާއަށެވެ.

އިރުޝާދިއްޔާ ސްކޫލް (ސ. މަރަދޫ)

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމް، ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހަވާލުކުރީ 15 މިލިއަން (15,063,088.53) ރުފިޔާއަށެވެ.

އިހައްދޫ ސްކޫލް (ލ. ގަން)

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ އިހައްދޫ ސްކޫލުގައި 6 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހަވާލުކުރީ 6 މިލިއަން (6,416,039.09) ރުފިޔާއަށެވެ.

ހާފިޒް އަހްމަދު ސްކޫލް (ޏ. ފުވައްމުލައް)

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ހާފިޒް އަހްމަދު ސްކޫލުގައި 16 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހަވާލުކުރީ 14 މިލިއަން (14,211,994.10) ރުފިޔާއަށެވެ.

އުކުޅަހު ސްކޫލް

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ އުކުޅަހު ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހަވާލުކުރީ 16 މިލިއަން (16،063،826.3) ރުފިޔާއަށެވެ.

އުކުޅަހު ސްކޫލުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. އަދި ޔެސް މޯލްޑިވިސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ އަހްލަމް ރުޝްދީއެވެ.

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި 4 މަޝްރޫއުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒެވެ. އަދި ވެންޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަބްދުﷲ ހާނިސް މޫސާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *