ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޕަރފޯމެންސް އޮޑިޓްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ފާހަގަކޮށްފައިވާ ކަންކަން ބަލައިދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މިއަދު މެންދުރު 14:00 ގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ އޭސީސީގެ ޕަރފޯމެންސް އޮޑިޓް ހުށަހަޅާފައެވެ. 'ޖަޒީރާ' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޑިޓްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅޭ މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ދައުވާކުރަން ފޮނުވާ ފަހުން، ޕީޖީ އޮފީހުން ކަންކުރަމުންދާ ގޮތާއި ގުޅޭ މައްސަލަތަކެއް އޮޑިޓްގައި ހިމެނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ގުޅޭ ކަންކަމުގެ އިހްތިސާސް އޮންނަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ. އެހެންވެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އެކަންކަން ބަލައިދިނުމަށް ޖުޑިޝަރީ ކޮމިޓީއަށް ލަފާ އެރުވުމަށެވެ. ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ގެ މި ހުށަހެޅުން ފާސްވީ ކޮމިޓީގެ 7 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މި ސިއްރު ކޮމިޓީ ބައްދަލުވުމުގައި ވަނީ އޭސީސީގެ މެމްބަރުން މަގާމުތަކުން ވަކިކުރަން ނިންމާ، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *