ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު-- ފޮޓޯ: އަވަސް

އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމާފައިވީ ނަމަވެސް ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ބަދަލެއް ނުގެންނާނެ ކަމަށާއި ޒިންމާ އަދާ ކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވައްސަކީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގެ ގިނަ ޚިދުމަތްތަކެއް ދެމުންގެންދާތީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނުގެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

.. މިކޯޕަރޭޝަނުން އަދާ ކުރަންޖެހޭ އެއްމެހާ ޒިންމާތައް އަދާކުރަމުން ގެންދާނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް ވެސް އަރުވަމެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެ ކޯޕަރޭޝަނުން ދެކޭ ކަމަށެވެ. އެގޮތުން އެޗްޑީސީން ވަނީ މިކަން ބަލައިދީ، މިނިމުމަކީ ގާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވައި، އެނިންމުން ބާތިލުކޮށް، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާފައެވެ.

އެޗްޑީސީގެ ނޫސްބަޔާނުގައި ވަނީ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ކުރާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރިނުވުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *