ތިބާ ސައިކޮލޮޖީގެ ނަން ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތިބާ ސައިކޮލޮޖީ ކްލިނިކުގެ ނަމުގައި ތަންތަނަށް ގޮސް، ފައިސާ ހޯދަމުން ދަނީ އެތަނުގެ ދެ މުވައްޒަފުންގެ ނަމުގައެވެ. އެގޮތޮން، އޮފީސްތަކަށް ޒިޔާރަތްކޮށް އެމީހުން އެދެނީ ކްލިނިކް ހިންގާނެ ފައިސާއަށެވެ.
ނަމަވެސް މިކަން ދޮގުކޮށް އެ ކްލިނިކުން ބުނީ، އެ ކްލިނިކުން އެއްވެސް ޑޮނޭޝަނެއް ނުވަތަ ފައިސާއެއް ހޯދަން މުވައްޒަފުން ތަންތަނަށް ނުފޮނުވާ ކަމަށެވެ. އަދި މިކަމަށް ސަމާލުވުމަށް އެ ކްލިނިކުން އިލްތިމާސްކޮށްފައި ވެއެވެ.
ATTENTION!
We have received reports of two individuals impersonating our staff and collecting donations in the name of Thibaa Psychology. Please note that we are NOT collecting any donations or funds. We request the public to be cautious.
Thank you for your support. pic.twitter.com/zz0UT1Ksdb
— Thibaa Psychology (@Thibaaa_mv) December 9, 2021
ތިބާ ސައިކޮލޮޖީން ކުރި ޓްވީޓުގައި ވަނީ ދެ މީހަކު ގަނޑުތަކެއް ހިފައިގެން އޮފީހަކަށް ވަނދެ އެ ގަނޑުތައް ދައްކާ މަންޒަރު ދައްކުވައިދޭ 1 މިނިޓުގެ ކުރު ސީސީޓީވީ ވީޑިއޯ ކްލިޕެއް ހިމަނާފައެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، މިއަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ވައްކަން އަދި ފޭރުން ހިމެނޭހެން 5000 އެއްހާ މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ. އެގޮތުން ވައްކަމުގެ 4438 މައްސަލަ، ނަކަލު ކުރުމާއި ފޯޖަރީގެ 141 މައްސަލަ، ހިޔަނާތުގެ 970 މައްސަލައިގެ އިތުރުން ފޭރުމުގެ 348 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.