ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށަން ނިންމާ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު މެންދުރު 14:00 ގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ އޭސީސީގެ ޕަރފޯމެންސް އޮޑިޓް ހުށަހަޅާފައެވެ. ކޮމިޓީގެ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ އާއްމުންނަށް ސިއްރުކޮށްގެންނެވެ.

'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން މަގާމުތަކުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމާ، އެ ތަހުގީގު ކުރިއަށް ގެންދިއުމަށް ތަޅުމަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

މަޖިލިހުގެ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަގާމަކުން ވަކިކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. ގަވާއިދުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން ވަކި ކުރުމާއިބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

މި ސަރުކާރުން އޭސީސީއަށް ފަސް ބޭފުޅަކު އައްޔަނުކުރިއެވެ. އެއީ މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާއާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ. އަޝްރަފް ވަނީ ކޮމިޝަންގެ މެމްބަރުކަން ދާދިފަހުން އެހެންނަމަވެސް އެ މެމްބަރުން އައްޔަނުކުރި ފަހުން ވެސް އެ ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާއްސަގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި މައްސަލަ ފާހަގަކުރައްވައެވެ.

2
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *