ހުޅުމާލެ

އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ހުށައަޅައިފިއެވެ.

އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ  ޖަލްސާގައި 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ރެޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓަރީ ބާޠިލް ކޮށްފައިވާކަން އަންގާ މާލެ ސިޓީ ކައުންސިލުން އެކޯޕަރޭޝަނަށް ވަނީ ސިޓީއަކުން އަންގާފައިކަމަށެވެ. އެހެންނަމަވެސް މި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޚައްޤާއި، ބިމާއި ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް ނިންމަވާފައިވާ ނިއްމެވުމެއްކަމަށް އެކޯޕަރޭޝަނުން ދެކޭކަމަށެވެ.

އެހެންކަމުން މިކަން ބައްލަވާދެއްވާ  މިނިމުމަކީ ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވައި، އެނިންމުން
ބާޠިލުކޮށް، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މިއަދު އެކޯޕަރޭޝަންގެ ފަރާތުން ހުށަހަޅާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ބިމަކީ އެކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްކަމަށެވެ. އެޗްޑީސީއަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝައްސެއްކަންވެސް އެކޯޕަޜޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެޗްޑީސީއަށް ލިބިފައިވާ އެންމެހައި ހައްޤުތަށް އެކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ކުއްވެރިކުރާކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި، މިކަމުގެ ސަބަބުން އެކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެކަމަށްވެސް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *