އައްޑޫ ސިޓީގެ ހުޅުދޫ މީދޫ އާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ޚިދުމަތް އެމްޓީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، އައްޑޫ ސިޓީގަ ވަކިން އޮންނަ ހުޅުދޫ އަދި މީދޫ އާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ޚިދުމަތް އެ ކުންފުނިން މިހާރު ދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ތައާރަފު ކުރި މި ހިދުމަތުގައި ބޭނުން ކުރާ ސައިކަލު ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށް ޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުދޫ މީދޫގައި ބަހައްޓާފައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖައްސާފައިވާއިރު، މި ހިދުމަތަށް 20 ރުފިޔާގެ ފީއެއް ނެގުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *