މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މިހާރު

މިއަދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހާޒިރުވާން އަންގައިފިއެވެ.

އޭނާ އޭސީސީއަށް ހާޒިރުވާން ޖެހެނީ މިއަދުގެ މެންދުރު 14:00 ގައެވެ.

މިކަން މުއިއްޒު ހާމަކުރެއްވީ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ކޮމިޝަނަށް ހާޒިރުވާން އެންގި ނަމަވެސް، އެއީ ކޮން މައްސަލައަކާއި ގުޅިގެންކަން ސާފު ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިކަން ސިފަ ކުރެއްވީ ބިރު ދެއްކުމުގެ ގޮތުގައެވެ. އަދި މިކަމާ ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެކުރިން ބްރިޖްވިއުވިންގ ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކުރި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި، އަދި އެ ކުންފުނިން ޕާކިންގ އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި، އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި އޭސީސީން ޕީޖީ އެފީހަށް ދައުވާ ކުރަން ހުށަހެޅިއެވެ. އެހެންނަމަވެސް، ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ކޮމިޝަނަށް ފޮނުވާލީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *