ފިޔަވަޅު ތަންފީޒްކުރުމަށް ފުލުހުން ހަރަކާތްތެރިވުން -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ރާއްޖޭން ކޮވިޑް-19 އަށް އިތުރު 128 މީހަކު ޕޮޒިޓިވްވެއްޖެއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުންހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން  އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 4،004  ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 128 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

 

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 46 ކޭސް
  • އަތޮޅުތެރެއިން -79 ކޭސް
  • ރިސޯޓުތަކުން - 03  ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1,876 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 19 މީހަކަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 92,629 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 90,485 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 255 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *