ނުކުޅެދުންތެރިކަން ހުންނަ ހާލިދު އަބްދުﷲ  އެކްސިޑެންޓްވީ ކާރެއްގައި ޖެހިގެން ނޫންކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި ހާލިދަށް  ބޮޑެތި އަނިޔާތަކެއް ލިބި މިހާރުވެސް އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހާލިދު ދުއްވަން އިން ސައިކަލުގައި ކާރެއް ޖައްސައިގެންކަމަށް ކުރިން ވަނީ އަޑު ފެތުރިފައެވެ.

ފުލުހުން މިރޭ ބުނީ، އެކްސިޑެންޓާއި ގުޅިގެން  ފުލުހުން ކުރި ތަހުގީގުގެ ތެރެއިން އެސަރަހަށްދުގައި ހުރި ސީސީޓީވީ ފޫޓޭޖްތައް ބަލައި މިހާތަނަށް ކުރި ތަހުގީގުން، އެކްސިޑެންޓް ހިނގާފައިވަނީ ކާރާއި އާއި ސައިކަލް ޖެހިގެން ނޫންކަން އެނގިފައިވާކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ކާރު އައްނަތަން ފެނުމުން ހާލިދަށް ހަދާލެވުނު ގޮތަކުން ސައިކަލު ވެއްޓިގެންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *