އިންޑިއާގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގައި ދަތުރުކުރަމުން ދިޔަ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އެގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރާވަތު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ތައުޒިޔާ ފޮނުއްވައިފިއެވެ.

ދާދި ދެންމެ އަކު ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ ރާވަތު އަވަހާރަވި ހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. 2019 ވަނަ އަހަރު ރާވަތު އާއި ބައްދަލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރާވަތުއަކީ އިންޑިއާއަށް ޚިދުމަތްކޮށްދެއްވި ތެދުވެރި ބޭފުޅެއް ކަމަށެވެ.

މި ހާދިސާގައި އިންޑިއާގެ ޑިފެންސް ޗީފް ރާވަތުއާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން 11 މީހަކު ވަނީ އަވަހާރަވެފައެވެ. ރައީސް ސޯލިހު ވަނީ މި ހާދިސާގައި އަވަހާރަވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާ (އައިއޭއެފް) އިން ބުނީ މި އެކްސިޑެންޑް ހިނގީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކޫނުރް ކިޔާ ޓައުންއެއް ކައިރިން ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ވެއްޓުނުއިރު ދަތުރުކުރަމުންދިޔައީ ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖަށް ކަމަށެވެ.

ރާވަތު އަކީ އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފްގެ އިތުރުން، އެ ވުޒާރާގެ މުޝީރެކެވެ. އަދި އޭނާ އަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *