އިންޑިއާގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގައި ދަތުރުކުރަމުން ދިޔަ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އެގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރާވަތު އަވަހާރަވެއްޖެއެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާ (އައިއޭއެފް) އިން ބުނެފައިވަނީ މި ހާދިސާގައި އިންޑިއާގެ ޑިފެންސް ޗީފްގެ އިތުރުން، އޭނާގެ އަނބިކަނބަލުން ވެސް އަވަހާރަވެފައިވާ ކަމަށެވެ. އަދި މީގެއިތުރުން 11 މީހަކު މަރުވެފައިވާ ކަމަށެވެ.

އައިއޭއެފް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ހިތާމަވެރި އެކްސިޑެންޑް ހިނގީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކޫނުރް ކިޔާ ޓައުންއެއް ކައިރިން ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ވެއްޓުނުއިރު ދަތުރުކުރަމުންދިޔައީ ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖަށް ކަމަށެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި މި ހާދިސާ މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން އެގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހަ ލަމެންޓްގައި ބަޔާނެއް އިއްވާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރާވަތު އަކީ އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފްގެ އިތުރުން، އެ ވުޒާރާގެ މުޝީރެކެވެ. އަދި އޭނާ އަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *