އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު އަވާހަރަވުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ބިޕިން އަވާހަރަވި ހިތާމަވެރި ޚަބަރު އަޑުއެހީ ފުންހިތާމައާއި އެކުގައިކަމަށެވެ. ބިޕިން އަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
Deeply shocked by the tragic news of the sad demise of CDS Gen Bipin Rawat & Madam Rawat. We have lost a good friend who worked hard to further Maldives🇲🇻India🇮🇳Defence Partnership. Our heartfelt condolences to the 🇮🇳 Armed Forces & his loved ones @HCIMaldives @SpokespersonMoD pic.twitter.com/jOlXs2Rh3p
— Mariya Didi 🎈 (@MariyaDidi) December 8, 2021
ބިޕިން އަވަހާރަވެފައިވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ޓެމިލް ނާޑޫގައި ވެއްޓުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ތިބިއިރު، އޭގެތެރޭގައި ބިޕިންގެ އަނބިކަނބަލުން ވެސް އިންނެވިއިރު އެކަމަނާ ވެސް ވަނީ މި ހާދިސާގައި އަވަހާރަވެފަ އެވެ.
ބިޕިން އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފްގެ މަގާމާއި ހަވާލުވެލެއްވީ 2019 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. ބިޕިން އަވަހާރަވިއިރު އުރުފުޅުން 63 އަހަރެވެ.