ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔަ މީހަކީ ދ. މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (54އ) އެވެ.
ފުލުހުން ބުނީ، ޢަލީ އިސްމާއިލް ހޯދަމުންދާކަން އެނގިގެން އޭނާ މިއަދު ވަނީ އައްޑޫ ސިޓީ ޕޮލިސްއަށް އަމިއްލައަށް ހާޒިރުވެފައިކަމަށެވެ.
ވީނުވީއެއް ނޭނގި އޭނަ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
މިކަން ރިޕޯޓްކުރުމާ ގުޅިގެން އަލީ ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އޭނާ ހޯދިފައި ނުވާތީ އާންމުންގެ އެހީއަށް އެދި އޭނަގެ ފޮޓޯއާއި މައުލޫމާތު އާންމުކުރީ މިއަދުއެވެ.