މާލޭ ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ފާސްކޮށްފިއެވެ.
ސިޓީ ކައުންސިލުިން ބުނީ، އެކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާކަމަށެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ރެޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްކޮފި @MMuizzu pic.twitter.com/1bAXLjvInc
— Male' City Council (@MaleCitymv) December 8, 2021
މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދުމަށް ގުޅުމުން، އެކޯޕަރޭޝަނުން ބުނީ މިކަމާއި ގުޅޭ ބަޔާނެއް ނެރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
އެޗްޑީސީ އަކީ ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުން ހުޅުމާލެ ނެގިއިރު، ހުޅުމާލޭގެ ހުރިހާ ކަމެއް އެޗްޑީސީން ބަލަހައްޓަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.