އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޕަރފޯމެންސް އޮޑިޓް މާދަމާ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.

މަޖިލިސް ކޮމިޓީގެ މި ބައްދަލުވުން އޮންނާނީ މާދަމާގެ 14:00 ގައެވެ.

އޭސީސީއާއި އެ ކޮމިޝަނުގެ މެމްބަރުންގެ ޕަރފޯމެންސް އޮޑިޓެއް ހަދަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދުނީ ވެސް ކޮމިޓީންނެވެ.

އެފަދަ އޮޑިޓެއް ހަދަން ކޮމިޓީން ނިންމީ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅިގެން ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

މި ސަރުކާރުން އޭސީސީއަށް ފަސް ބޭފުޅަކު އައްޔަނުކުރިއެވެ. އެއީ މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާއާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ. އެހެންނަމަވެސް އެ މެމްބަރުން އައްޔަނުކުރި ފަހުން ވެސް އެ ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާއްސަގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި މައްސަލަ ފާހަގަކުރައްވައެވެ.

އަޝްރަފް ވަނީ އެ ކޮމިޝަންގެ މެމްބަރު ކަމުން މިދިޔަ ހަފްތާގައި އިސްތިއުފާދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *