މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ގެއްލިގެން ހޯދަމުންދަނީ އުމުރުން 54 އަހަރުގެ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއިލް އެވެ. ވީނުވީއެއް ނޭނގި އަީ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
މިކަން ރިޕޯޓްކުރުމާ ގުޅިގެން އަލީ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން އޭނާ ހޯދިފައި ނުވާތީ ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
އަލީ އިސްމާއީލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއްނަމަ ލަަސްނުކޮށް އެ މައުލޫމާތެއް ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.