މިއަހަރުގެ މިހާތަނަށް ފުލުހުންގެ ޚިދުމަތަށް ގެވެށި އަނިޔާގެ 257 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގެވެށި އަނިޔާގެ 257 މައްސަލައެއް ހުށަހަޅާފައިވާއިރު، ޖިންސީ ކުށުގެ 367 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް:

  • ޖެނުއަރީ: 28
  • ފެބްރުއަރީ: 15
  • މާޗް: 24
  • އޭޕްރިލް: 23
  • މެއި: 26
  • ޖޫން: 23
  • ޖުލައި: 13
  • އޮގަސްޓް: 26
  • ސެޕްޓެމްބަރ: 24
  • އޮކްޓޯބަރ: 24
  • ނޮވެމްބަރ:24
  • ޑިސެމްބަރ: 7

ޖިންސީ ކުށުގެ މައްސަލަތައް

  • ޖެނުއަރީ: 34
  • ފެބްރުއަރީ: 19
  • މާޗް: 38
  • އޭޕްރިލް: 27
  • މެއި: 36
  • ޖޫން: 38
  • ޖުލައި: 24
  • އޮގަސްޓް: 43
  • ސެޕްޓެމްބަރ: 36
  • އޮކްޓޯބަރ: 34
  • ނޮވެމްބަރ: 30
  • ޑިސެމްބަރ: 8

މީގެއިތުރުން، މިއަހަރުގެ މިހާތަނަށް އެސޯލްޓް ނުވަތަ، އަނިޔާކުރި ކަމުގެ 616 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި އެއްވަރަށް ފިރިހެނުންނަށް ކުރާ ވެސް އަންނަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތައްވެސް ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެފަރާތްތަކުން އިލްތިމާސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *