ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއެކު ވެމްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލްއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދެވެ.

ވެމްކޯއާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލަނެ ކަމަށް ވެމްކޯއިން ބުނެއެވެ. އެއީ ވެލްޑަރ ތަމްރީނަށް 3 ސްލޮޓު، ކޭޝިއަރ ތަމްރީނަށް 10 ސްލޮޓު، ސްޓޯރ ކީޕަރ ތަމްރީނަށް 2 ސްލޮޓު، ޑްރައިވަރ/އޮޕަރޭޓަރ ތަމްރީނަށް 5 ސްލޮޓު އަދި މެރިން މެކޭނިކަކަށް 1 ސްލޮޓާއި އޮޓޯމޯޓިވް މެއިންޓަނަންސް މެކޭނިކަކަށް 3 ސްލޮޓެވެ.

މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 5،000ރގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީ އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *