އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް ވެސް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ 'ޕްރެކްޓިސް ޕާލިމެންޓް ފޯރ ޔޫތު' ޕްރޮގްރާމްގެ ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، ނާއިޝް ކުރި ސުވާލަކީ، އޭނާ ފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ އިންތިޒާމެއް ހަމަޖެއްސޭނެތޯއެވެ.

އެ އިންތިޒާމް މިހާތަނަށް ހަމަޖެހިފައިނުވާތީ މައާފަށް އެދިވަޑައިގަންނަވަމުން އެމަނިކުފާނު ވިދާޅުވީ އެ ކެޕޭސިޓީ މިވަގުތު ނެތް ކަމަށާއި އެހެންނަމަވެސް، އެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމުގައި ދެބައެއް ކުރިއަށް ދެއެވެ. "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު" އަދި "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" އަކީ ދިވެހި އަންހެނުންނާއި ޒުވާނުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ގައުމުގެ އެކިއެކި ނިންމުންތަކުގައި ބައިވެރިވެ، މުޖުތަމައަށް ފައިދާހުރި ބަދަލުތަކެއް ގެންނަން އެކީ މަސައްކަތްކުރުމަށް ހިތްވަރު ދިނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *