އައިޖީއެމްއެޗް ހޮސްޕިޓަލް

އަނބިމީހާ، ފިރިމީހާގެ ބަނޑަށް ވަޅި ހެރުމުން ލިބުނުޒަހަމްތަކުގެ ސަބަބުން ހާލަތު ގޯސްވެ، އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު މާލޭގައި ފިރިހެނެއް ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިނގީ ކޮންތާކުތޯ އަދި އަނިޔާ ލިބުނު މީހާއާ ބެހޭ މައުލޫމާތެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދަން، އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލާ ގުޅޭގޮތް ވަނީ ނުވެފައެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، 34 އަހަރުގެ ފިރިހެނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ އަނބިމީހާއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އަދި ފުންކޮށް ބަނޑަށް ވަޅި ހަރާފައިވާ ކަމަށް ވެސް ވެއެވެ.

އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މައްސަލާގައި ޝާމިލުވާ އަންހެން މީހާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *