މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ސްކޫލް ކުދިންނާއި، އިސް ރަށްވެހިން އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެމްޓީސީސީގެ ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. އެގޮތުން ޖެނުއަރީ އެކަކުން ފެށިގެން ސްކޫލް ކުދިންނާއި، 65 އަހަރުން މަތީގެ މީހުން އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހިލޭ ބަސް ދަތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން އަންނަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދެވޭ ބަހުގެ ޚިދުމަތެވެ. ނަމަވެސް އައްޑޫ، ފުވައްމުލަށް އަދި ލ.އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ.އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ ގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *