ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބާއްވަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުއްދަ ހޯދާފަ ނުވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ 08:30 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހުންނަ ސަރަހައްދުގައި އޮންނަ ހިޔާ ޕާކުގައި އިދިކޮޅުން "ކޮތަރު ކޮށި" ނަމުގައި ޖަލްސާއެއް ބާއްވާނެކަން ވަނީ އިއުލާންކޮށްފައެވެ. މިއީ ރައީސް އަބްދުﷲ ޔާމީން ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ  ޖަލްސާއެއްކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު، އެ ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމުގައެވެ.

ނަމަވެސް ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެންފަރާތްތަކުންވެސް އަމަލު ކުރާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މިގޮތަށް އަމަލު ކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

 

1
-1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *