curfew vehicle male city hpa
މާލެ މަގުމަތި

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 133 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން  ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 3،986 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 133 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 30 ކޭސް
  • އަތޮޅުތެރެއިން - 102 ކޭސް
  • ރިސޯޓުތަކުން - 01  ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1,832 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 15 މީހަކަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 92,501 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 90,401 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 255 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.