މަސްވެރިންތަކެއް މަސް ބޭނުމުގައި/ ފޮޓޯ: ދިވެހި މަސްވެރިން
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ކޮންމެ ޑިސެމްބަރު މަހެއްގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، މިއަހަރު މި ދުވަސް ފާހަގަކުރަން ނިންމާފައިވަނީ ކ. ގާފަރުގައެވެ. މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރާ 41 ވަނަ އަހަރެވެ.
 މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު ފޯރަމެއް ކުރިޔަށް ގެންދަން ނިންމާފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނީ މި ފޯރަމް ބޭއްވުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ސީދާ އެ ސިނާޢަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ އެކަންކަން ހައްލުކުމަށް މަސައްކަތްކުރުންކަމަށެވެ.
މި ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި ފަސްވަނަ ޖެނެރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށް، މޯލްޑިވެސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރޒް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އިން ތަރައްޤީކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
 މީގެއިތުރުން ދިރޭއެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ނޫރާއްޖެ ޕްރޮގްރާމް ގެ ތަޢާރަފްދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް  ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކ.ގާފަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *