ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ޓެންޑަރ ނުކޮށް، ގާނޫނާއި ޚިލާފަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ. ފުއްގިރި ކުއްޔަށް ދިނުމާއި ގުޅޭ ޑީލްގެ މައުލޫމާތުތަކެއް ޕެންޑޯރާ ޕޭޕަރސް އިން ހާމަކޮށްފިއެވެ.

ޕެންޑޯރާ ޕޭޕަރސްއިން ދައްކާ ގޮތުގައި އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރިވެރިންތަކެއް އެ ގައުމުގެ ނުފޫޒުގަދަ ޕްރޮޕަޓީ ޑިވެލޮޕަރަކާ އެކު ޕާޓްނަޝިޕް ހެދީ ރާއްޖޭގެ ކުރީގެ ރައީސް އަބްދުالله ޔާމިން އަށް ރިޝްވަތު ދިނުމަށެވެ. އަދި އެ ބުނާ ރިޝްވަތުގެ ތުހުމަތުގެ ފަހަތުގައި ވަނީ ގާނޫނާ ހިލާފަށް އެހެން ރަށެއް ކުއްޔަށް ނެގުން ކަމަށް ވެސް ޕެންޑޯރާ ޕޭޕަރުން ދައްކައެވެ.

ގާނޫނާއި ޚިލާފަށް ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، މި ޕޭޕަރުގައި ބުނެފައިވަނީ ދުބާއީގެ ކްލާސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށް ޓެންޑާރނުކޮށް އެ ރަށް ކުއްޔަށް ދިބީ 1.55 މިލިއަން ޑޮލަރަށް، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. މި ކުންފުނީގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އިންޑިޕެންޑެންޓް އޮޑިޓަރުން ފާހަގަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޕެންޑޯރާ ޕޭޕަރސްގައި ބުނެފައިވަނީ އެ ކުންފުންޏަކީ އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ނުފޫޒުގަދަ ޑިވެލޮޕަރެއް ކަމަށްވާ އަވީނާޝް ބޯސްލޭގެ އާއިލީ ވިޔަފާރިއާއި ލޮޖިސްޓިކްސްގައި މަސައްކަތް ކުރާ އެހެން ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ އާއިލީ ވިޔަފާރި އާއި ގުޅުންހުރި ޕާޓްނާޝިޕެއް ކަން ރިޕޯޓަރުން އެއްކުރި މައުލޫމާތުތަކުން ހާމަވާ ކަމަށެވެ. އަދި މި ކުންފުންޏަކީ ބޮސްލޭސްގެ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަން ފާހަގަކޮށް ބުނެފައިވަނީ މި ޑީލަށް އެ ކުންފުނިން 8.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށެވެ.

އަވީނާޝް އާއި އަމިތު އަކީ ދުބާއީގައި އިންވެސްޓްކުރުމަށް ފައިސާ ލޯންޑަރކޮށް، އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުކޮށް ވަކިވަކިން ހުށަހެޅި މައްސަލަތަކެއް އެމީހުންގެ މައްޗަށް ތަހުގީގުކޮށްފައިވާ ދެ މީހުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ރަށްތައް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެމަނިކުފާނާއި ސީދާ ގުޅުމެއްވާކަން ހާމަވަނީ މަދު ރަށްތަކެއްގެ މައްސަލަތަކުގައިކަން ޕެންޑޯރާއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފުއްގިރި މައްސަލައިފައި ދައުލަތުން ތުހުމަތު ކުރަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުން ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މި ރިޝްވަތު ދީފައިވަނީ ބްރިޓިޝް ވަރޖިން އައިލެންޑްސްގެ ކުންފުންޏެއް ކަމަށްވާ އޭ އޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑުން ކަމަށެވެ.

ޕެންޑޯރާ ޕޭޕަރސް ޑޮކިއުމެންޓްސް އިން ހާމަވާ ގޮތުގައި އޭ އޭ ހޯލްޑިންގްސް ގްރޫޕްގެ ހަގީގީ މިލްކުވެރިންނަކީ އަމިތު ކުމާރު ގާންދީ އާއި އޭނާގެ ބޭބެ އަވީނާޝް ކުމާރު ގާންދީއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *