ވިލާ ކޮލެޖުގެ ގްރެޖުއޭޝަންގެ ތެރެއިން - ފޮޓޯ: މިހާރު

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އަލުން ރަޖިސްޓަރީކުރަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަންގައިފިއެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ، "މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓްގައި، 2 ޑިސެންބަރު 2021 ގައި ވަނީ ޝާއިއުކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ގަވައިދުތައް ގެޒެޓުގައި ޝާއިއުކުރުމާއެކު އެ ގަވާއިދުތަކުގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކުރުމަށް ފެށިފައިވާކަމަށެވެ. އަދި މިހާރު އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ އިންސްޓިޓިއުޓްތަކާއި ކޮލެޖްތައް މި ގަވާއިދުތައް ގެޒެޓްކުރެވުނު ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެތަންތަނުގެ ރަޖިސްޓަރީ އައުކުރަން ޖެހޭކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިފަދައިން ރީ-ރަޖިސްޓަރީ ކުރުމަށް ފީއެއް ނުނަގާނެއެވެ.

މި މުއްދަތުގެތެރޭގައި ރަޖިސްޓްރީ އައު ނުކުރާ ތަންތަން އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރުން އުނިކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ގަވާއިދުތަކުގެ ދަށުން ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީ އައު ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައިވާ (https://www.mohe.gov.mv/images/resources/resources/Re%20registration%20form.pdf) ލިންކުން ލިބޭނެއެވެ.

 މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާގުޅޭ އެންމެހާ ކަންކަމުގައި އެ މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުއްވާނީ [email protected] މި އީމެއިލް އެޑްރެހަށްކަމަށްވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *