ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އެއަރޕޯޓްގައި -- ފޮޓޯ: އެމް.އޭ.ސީ.އެލް

ކޮވިޑް-19ގެ އައު ވޭރިއަންޓް "އޮމިކްރޯން" ރާއްޖޭން ފެނުމާއި ގުޅިގެން، ރާއްޖޭން ހޮންގްކޮންގްއަށް ދަތުރުކުރުން މަނާކޮށްފިއެވެ.

ހޮންކޮންގަށް ދަތުރުކުރުން  މަނާ ލިސްޓުގައި ރާއްޖޭގެ އިތުރުން ސެނެގާލް އަދި ޓިއުނީޝިއާ ވެސް ވަނީ ހިމަނާފައެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓް ރާއްޖޭން ފެނިފައިވާއިރު މި ވޭރިއަންޓަ 'ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ޓޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ޓޭރިއަންޓެއްކަންފާހަގަކޮށް މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލައްވާފައެވެ.

މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން މި ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ.

ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެކެވެ. ކޭސްގެ ވެރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ޓޭރިއަންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *