ތާޖުއްދީން ސްކޫލުން ވަގަށް ނެގި 7 ޓެބްލެޓް މާލޭގެ ގެއެއްގައި ފޮރުވާފައި ހުއްޓާ ހޯދައިިފިއެވެ.
ފުލުހުން ބުނީ، ތާޖުއްދީން ސްކޫލްގެ ސްޓާފް ރޫމަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު މިއަދު 10:28 ހާއިރު ލިބިފައިވާކަމަށެވެ. ވަގަށް ނަގާފައިވާތަކެތީގެ ތެރޭގައި ހިމެނެނީ 7 ޓެބްލެޓާއި، ހޭންޑް ބޭގެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިތަކެތި މިހާރު ހޯދާފައިވާއިރު، މިތަކެތި ހޯދާފައިވަނީ މާލޭގެ ގެޔެއްގައި ފޮރުވާފައި ހުއްޓާ ސީސީޓީވީ ކެމެރާ ފުޓޭޖްގެ އެހީގައިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.